ޓީބީ އަކީ ރާއްޖެއިން ފެންނަ ބައްޔެއް ނަމަވެސް މި ވަގުތު ރާއްޖޭގައި އެ ބަލީގެ އައުޓްބްރޭކެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ މިއަދު ވިދާޅުވީ ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަރަށް ގިނައިން ސްކްރީން ކުރާ ކަމަށެވެ.
ޝޫބާ ވިދާޅުވީ ޓީބީ އަކީ އަދިވެސް ރާއްޖޭން ގިނައިން ފެންނަ ބައްޔެއް ކަމަށާއި، ކުޑަކުދިން ވެސް ހިމެނޭ ގޮތުން އެކި އުމުރުފުރާގެ މީހުންނަށް އެ ބަލި ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ރާއްޖޭގައި އެކަމުގެ އައުޓްބްރޭކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއެޗްއެސްސީގެ ދަރިވަރަކަށް ޓީބީ ޖެހިފައިވާ ކަމަށް ބައެއް މީޑީއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ އަށް "ވަން" އިން ގުޅުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް އެ ސްކޫލުން ހާމަ ނުކުރާނެ ކަމަށެވެ.
ސަފޫރާ ވިދާޅުވީ މިހާރު އެ ސްކޫލުގައި ޓީބީ ސްކްރީނިން ޕްރޮގްރާމެއް ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ.
ޓިބީއަކީ ބަލި ޖެހޭތާ ކުރީކޮޅު ފަރުވާދީފިނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު