ސައުދީ އަރަބިއްޔާގެ ރަސްގެފާން، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ސައުދީގެ ޝާހީ ކޯޓުން ނެރެފައިވާ ބަޔާނަކާ ހަވާލާދީ ޕްރެސް އެޖެންސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން މެޑިކަލް ޗެކަޕްތަކެއް ހެދުމަށް ރަސްގެފާން ސަލްމާން އެޑްމިޓް ކޮށްފައިވަނީ ޖިއްދާގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައެވެ.
ނަމަވެސް ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހަދާ ޓެސްޓުތަކުގެ މައުލޫމާތެއްވެސް މި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އުމުރުފުޅުން 86 އަހަރުގެ ސަލްމާން ރަސްގެފާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި މިވަނީ، މިއަހަރުގެ ކުރީކޮޅު ވެރިރަށް ރިޔާދުގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ހިތަށް ލައްވާފައިވާ ޕޭސްމޭކާގެ ބެޓެރި ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައި ވަނިކޮށެވެ.
އަދި 2020 ވަނަ އަހަރު ސަލްމާން ރަސްގެފާނުގެ ގޯލްބްލޭޑާ ނެގުމަށް ވެސް އޮޕަރޭޝަނެއް ކުރައްވާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ