އެއާއޭޝިއާއިން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

އެއާއޭޝިއާގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މާޗު 2020ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން އެ އެއާލައިނުން ވަނީ ދުވާލަކު ފްލައިޓެއް ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ބާއްވައިފައެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެއާއޭޝިއާގެ ދަތުރުތައް އިއްޔެ އަލުން ފަށާފައިވާ އިރު، އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު މެލޭޝިއާއާއި ރާއްޖެއާ ދެމެދު ކުރާނެ ކަމަށެވެ.

މެލޭޝިއާގެ ބޯޑަރު މިދިޔަ އޭޕްރީލް މަހު ހުޅުވާފައިވާ އިރު، އެ ގައުމުން މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަދައިފައެވެ.