އަޅުގަނޑުމެންގެ ރަށްތަކަކީ، ސަލާމަތް ރައްކާތެރި ރަށްތަކެއް ކަމުގައި ވުމަށާއި، އެ ރަށްތަކަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއިން ރައްކާތެރި ވެފައިވާ ރަށްތަކެއްކަމުގައި ވުމަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް އެދޭ އެދުމެކެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ރަށްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބިނާވެފައިވަނީ އަޅުގަނޑުމެން ކުރާ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރަށްތައް އިސްލާހުކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
އެބައިމީހުން އެ ރަށްތައް އިސްލާހުކުރަން މަސައްކަތް ކުރާހާ ހިނދަކު، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އަނިޔާވެރި ގޮތުގައި ރަށްތަކުގެ އަހުލުވެރިން ހަލާކު ނުކުރައްވާނެ ކަމަށް، މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ.
ވީމާ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރަށްތަކުގައި ވީހާވެސް ގިނައިން ހެޔޮ އަމަލުތައް ފެތުރުމަށް މަސައްކަތްކުރަން އެބަޖެހެއެވެ. އަދި ރަށްތަކުގައި ނުބައިކަމެއް ފެތުރިގެންދާ ކަމަށްވާނަމަ، އެކަމެއް ނައްތާލެވޭތޯ އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަން އެބަޖެހެއެވެ. އެހެންނޫންނަމަ އަޅުގަނޑުމެންގެ ހާލަތު ވެގެންދާނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކޯފާއަށް ހުށަހެޅިފައިވާ ބައެއްގެ ހާލަތަށެވެ. ވީމާ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކަށް ވީވަރަކުން ރަށުގައި ހެޔޮ ކަންތަައްތައް ފެތުރޭތޯ މަސައްކަތް ކުރައްވާށެވެ.
މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް
- "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 6:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު