އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގާ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާމާޓުން، ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޭން ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕީޕަލްސް ޗޮއިސް ސުޕާމާޓުގެ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފަން ބޭނުންވާ ފަރާރްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް މަރާމަތުކުރުމަށްފަހު ބޮޑެތި ބަދަލުތަކާއެކު އަލުން ހުޅުވީ އެ ފިހާރާގައި އެހެން ވިޔަފާރިތަކުގެ މުދާ ވިއްކަން ބެހެއްޓޭނެ ގޮތަށެވެ. މަރާމާތަށް ފަހު އަލުން ހުޅުވި އިރު އަމިއްލަ ނުވަ ވިޔަފާރިއަކާއެކު އެއްބަސްވުން ހަދައި ސުޕާމާޓުން އަންނަނީ ހިދުމަތް ދެމުންނެވެ. އަދި މި އަދަދު އިތުރުކުރުމަށް އެސްޓީއޯއިން މިހާރު އިތުރު ފުރުސަތު ތަކެއް ހުޅުވާލާފައިވާއިރު އެކަމަށް ކުރިމަތިލާން ވަކި މުއްދަތެއް ނެތެވެ.
އެސްޓީއޯ އިން ބުނީ ޕީޕަލްސް ޗޮއިސް ސުޕާމާޓުގެ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް [email protected] އަށް އީމެއިލް ކުރަމުން ގެންދިއުމަށެވެ. މިފޯމް އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ދެފަރާތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރުމަށްފަހު، ސުޕާމާޓުގެ ރެކްތަކުގައި މުދާ ޖެހުމާއެކު ވިޔަފާރި ކުރަން ފެށޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މިކަމުގެ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1422 އަށް ގުޅުއްވުވުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ ސުޕާމާޓުގައި މުދާ ވިއްކާ އެހެން ވިޔަފާރި ތަކަކީ ސިޓީ ބޭކަރީ، ނޯޓް ކޮސްމެޓިކްސް، ޕޮއިސް، މެކްސްކޮމް، މެރަތަން، އަސްރަފީ ބުކްޝޮޕް އަދި ޕީކަބޫއެވެ. އެހުރިހާ ވިޔަފާރިތަކުން ވިއްކާ މުދާ މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުރި އިރު އެ ފިހާރައިން ކުރިން ވެސް ލިބެން ހުރި އުފެއްދުންތަކުގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރައާއި، ފާމަސީގެ އުފެއްދުންތައް ވެސް ލިބެން ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު