ރޯދަމަސް ނިމެން ހަފުތާއަކަށްވުރެ ކުޑަދުވަސް ކޮޅަކަށް ވެފައިވާ އިރު، މާލޭގެ ބާޒާރުމަތިން ތޮއްޑޫ ކަރާ ހުސްވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެހެން އަހަރުތަކާ އެއްވަރަށް މި އަހަރުވެސް ކަރާ އުފެއްދި ކަމަށާއި އެހެން އަހަރުތަކާ ހިލާފަށް ދަނޑުބިންތަކުން ހަލާކުވި ކަރާގެ އަދަދުވެސް މަދު ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް މި އަހަރު ކަރާއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ރޯދައަށް ހެއްދި ކަރާ މިހާރު ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މުޅި ބާޒާރަށް ބަލައި އިރުވެސް ކަރާ ލިބެން ހުރީ ވަރަށް މަދު ގޮޅިއަކުންނެވެ. މާރުކޭޓުން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ތޮއްޑޫ ކަރާގެ ފަހު ޝިޕްމެންޓް މިދިޔަ ހަފުތާގައި ވަނީ މާލެ ގެނެސްފައެވެ. ދެން އިތުރު ޝިޕްމެންޓެއް މި ރޯދަމަހު ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

އެކި ރަށްރަށުގައި ހައްދާފައި ހުރި ކަރާއާއި އިންޑިއާ ކަރާ ލިބެން ހުރި ނަމަވެސް، މިއަދަކީ މި ރޯދަމަހު ކަރާގެ އަގު އެންމެ ބޮޑު ދުވަހެވެ. އެވްރެޖުކޮށް ކަރާ ކިލޯއެއް 35ރ އަށް ވިއްކަން ހުރި އިރު އެންމެ ކުޑަކޮށްވެސް ކަރާ ކިލޯއެއް ލިބެން ހުރީ 30ރ އަށެވެ.

ރޯދަމަސް ފެށުނު އިރު، ކިލޯއެއް 30ރ އަށް ވިއްކަން ހުރި ކިއުކަމްބާގެ އަގުވެސް މިހާރު ވަނީ ދެގުނަ ބޮޑުވެފައެވެ. މާރުކޭޓުން މިއަދު ކިއުކަމްބާ ކިލޯއެއް ލިބެނީ 60-65ރ އަށެވެ. ވިޔަފާރިވެރިން ބުނާގޮތުން ރަށްރަށުންވެސް ކިއުކަމްބާ ލިބުން މިހާރު ވަރަށް ދައްޗެވެ. ބާޒާރުގައި ގިނައިން ހުރީވެސް އިންޑިއާ ކިއުކަމްބާއެވެ.

އެހެނިހެން ތަކެތީގެ އަގަށް ބަލައި އިރު، އެވްރެޖުކޮށް މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ކަނޑޫދޫ މިރުހާއި ލ. މިރުސް ކިލޯއެއް 180ރ އިން ފެށިގެން 280ރ އަށް ވަނީ ވެއްޓިފައެވެ.

އަލަނާސި ކަރާ: 35-40 ރުފިޔާއަށް ކިލޯއެއް

ކަރާ: 30-35 ރުފިޔާއަށް ކިލޯއެއް

އިޖިޕްޓް ފޭރު: 75-80 ރުފިޔާއަށް ކިލޯއެއް

ކުރުނބައެއް: 25-30 ރުފިޔާއަށް

ފެޝަން ފުރުޓް: 60-70 ރުފިޔާއަށް ކިލޯއެއް

ދޮން އަނބު: 50-70 ރުފިޔާއަށް ކިލޯއެއް

ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް

ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް

މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް

ފަޅޯ: 40-50 ރުފިޔާއަށް ކިލޯއެއް

ކަށިކެޔޮ (ރަތް): 10 ރުފިޔާއަށް ވަކެއް

ރޯ ކަދުރު: 280-300 ރުފިޔާއަށް ކިލޯއެއް

ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް

ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ރާނބާފަތެއް: 5 ރުފިޔާއަށް

ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް

މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 8-5-3 ރުފިޔާއަށް

ފިޔާ: 10-15 ރުފިޔާއަށް ކިލޯއެއް

އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް

ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް

ކިއުކަމްބާ: 60-65 ރުފިޔާއަށް ކިލޯއެއް

ކެރެޓް: 20-25 ރުފިޔާއަށް ކިލޯއެއް

ބަށި: 45-65 ރުފިޔާއަށް ކިލޯއެއް

ޓޮމާޓޯ: 30-45 ރުފިޔާއަށް ކިލޯއެއް

ބީންސް: 65 ރުފިޔާއަށް ކިލޯއެއް

ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް

ލެޓިއުސް: 60-70 ރުފިޔާއަށް ކިލޯއެއް

ތޮޅިމިރުސް: 40 ރުފިޔާއަށް ކިލޯއެއް

ގިތެޔޮމިރުސް(ކަނޑޫދޫ އަދި ލ. މިރުސް): 180-280 ރުފިޔާއަށް ކިލޯއެއް

ލުނބޯ: 50-55 ރުފިޔާއަށް ކިލޯއެއް

ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް

ކަނޑުމަސް: 40-45 ރުފިޔާއަށް ކިލޯއެއް

ކަންނެލި: 65 ރުފިޔާއަށް ކިލޯއެއް

ގޮނދާ: 65 ރުފިޔާއަށް ކިލޯއެއް

މުށިމަސް: ނެތް

ދޮންމަސް: 20 ރުފިޔާއަށް ތިން/ ހަތަރު މަސް

ރިއް މަސް: 20 ރުފިޔާއަށް ތިން/ ހަތަރު މަސް

ހަނދި: 80-100-120 ރުފިޔާ އަށް މަހެއް

ކުދި ފިލޮޅު، ގިނި މަސް: 40-50-80 ރުފިޔާއަށް މަހެއް

ބޮޑު ރަތްމަސް: 350-500 ރުފިޔާއަށް މަހެއް