ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނަމުންދާ އިރު، މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ. ނަމަވެސް މާރުކޭޓުގައި މިއަދު ކަންނެއްޔެއް ނެތެވެ. މުޅި މާރުކޭޓުގައިވެސް މިއަދު މެންދުރާ ހަމައަށް އޮތް ހަމައެކަނި ކަންނެލި ވިއްކާލީ ކިލޯއެއް 80ރ އަށެވެ. ކަނޑުމަސް ކިލޯއެއް ވިއްކަން ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކުގައެވެ.

ގިތެޔޮ މިރުހުގެ އަގުތަކަށް ބަލައި އިރު، މިއަދު މެންދުރާ ހަމައަށް ބާޒާރުގައި ކަނޑޫދޫ މިރުސް ހުރީ ގާތްގަނޑަކަށް ހުސްވެފައެވެ. އޭގެ ސަބަބުން ލ. މިރުހުގެ އަގުވަނީ ކިލޯއެއް 400ރ އަށް އުފުލިފައެވެ. މިހާރު ބާޒާރަށް ކަނޑޫދޫ މިރުސް ލިބިފައިވީ ނަމަވެސް ތާޒާ ކަނޑޫދޫ މިރުސް ކިލޯއެއްވެސް މިއަދު ލިބެން ހުރީ ކިލޯއެއް 300ރ އިން މަތީގައެވެ.

އަލަނާސި ކަރާ: 35 ރުފިޔާއަށް ކިލޯއެއް

ކަރާ: 25 ރުފިޔާއަށް ކިލޯއެއް

އިޖިޕްޓް ފޭރު: 75-80 ރުފިޔާއަށް ކިލޯއެއް

ކުރުނބައެއް: 50 ރުފިޔާއަށް

ފެޝަން ފުރުޓް: 80-130 ރުފިޔާއަށް ކިލޯއެއް

ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް

ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް

މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް

ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް

ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް

ރޯ ކަދުރު: 280 ރުފިޔާއަށް ކިލޯއެއް

ދޮން އަނބު: 80-100 ރުފިޔާއަށް ކިލޯއެއް

ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް

ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ރާނބާފަތެއް: 5 ރުފިޔާއަށް

ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް

މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް

ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް

އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް

ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް

ކިއުކަމްބާ: 30 ރުފިޔާއަށް ކިލޯއެއް

ބަށި: 45-60 ރުފިޔާއަށް ކިލޯއެއް

ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް

ބީންސް: 65 ރުފިޔާއަށް ކިލޯއެއް

ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް

ލެޓިއުސް: 40 ރުފިޔާއަށް ކިލޯއެއް

ބޭރު ތޮޅިމިރުސް: 80 ރުފިޔާއަށް ކިލޯއެއް

ގިތެޔޮމިރުސް: 300-400 ރުފިޔާއަށް ކިލޯއެއް

ލުނބޯ: 50-60 ރުފިޔާއަށް ކިލޯއެއް

ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް

ކަނޑުމަސް: 25-30 ރުފިޔާއަށް ކިލޯއެއް

ކަންނެލި: ނެތް

މުށިމަސް: 20 ރުފިޔާއަށް ދެ މަސް

ދޮންމަސް: 20 ރުފިޔާއަށް ތިން މަސް

ރިއް މަސް: 20 ރުފިޔާއަށް ދެ މަސް

ކުދި ފިލޮޅު، ގިނި މަސް: 80-350 ރުފިޔާއަށް

ބޮޑު ރަތްމަސް: 150-450 އަށް މަހެއް