ބާޒާރުގައި އަގުބޮޑުކޮށް ވިއްކަމުން އައި ލުނބޯގެ އަގު މިއަދު ބޮޑުތަނުން ވެއްޓިއްޖެއެވެ. ރޯދަމަސް ފެށުނު އިރު، ކިލޯއެއް 140 އަށް ވިއްކަމުން އައި ލުނބޯގެ އަގު މިއަދު ބާޒާރުގައި ހުރީ 40 އާއި 60 ދެމެދުގެ އަގެއްގައެވެ. ލުނބޯގެ އަގު ހެޔޮކޮށްފައިވާ އިރު، މިހާރު ބާޒާރުގައި ހުރި ލުނބޯ ތާޒާ ވެފައި ސައިޒުންވެސް ބޮޑެވެ.

ބާޒާރުގައި މިއަދު އެންމެ ގިނަ އަދަދަކަށް ފެންނަން ހުރީ ތާޒާ ދިވެހި ދޮން އަނބެވެ. ގޮޅިތަކުގައި އެކި ރަށްރަށުގެ އަނބު ވިއްކަން ހުރި އިރު، ބައެއް ގޮޅިތަކުން 100 އަށް 20 އަނބު ވިއްކަން އެބަހުއްޓެވެ. އެވްރެޖްކޮށް ގޮޅިތަކުން އަނބު ކިލޯއެއް ވިއްކަނީ 100-120 އާ ދެމެދުގެ އަގުތަކުގައެވެ.

މިރުހުގެ އަގަށް ބަލައި އިރު، މިއަދުވެސް ކަނޑޫދޫ މިރުސް ކިލޯއެއް ލިބެންހުރީ 200-350 އާއި ދެމެދުގެ އަގުތަކުގައެވެ. އަދި ލ މިރުސްވެސް ހުރީ އެ އަގުތަކުގައެވެ.

  • އަލަނާސި ކަރާ: 30 ރުފިޔާއަށް ކިލޯއެއް
  • ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 50 ރުފިޔާއަށް
  • ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް
  • ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް
  • މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް
  • ރޯ ކަދުރު: 280 ރުފިޔާއަށް ކިލޯއެއް
  • ދޮން އަނބު: 100-120 ރުފިޔާއަށް ކިލޯއެއް
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް
  • ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
  • މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
  • ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
  • އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 30 ރުފިޔާއަށް ކިލޯއެއް
  • ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް
  • ބީންސް: 65 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 40 ރުފިޔާއަށް ކިލޯއެއް
  • ބަނބުކެޔޮ: ނެތް
  • ބޭރު ތޮޅިމިރުސް: 80 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 200-350 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 75-80 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • ކަނޑުމަސް: 30-35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: ނެތް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިއް މަސް: ނެތް
  • ކުދި ފިލޮޅު، ގިނި މަސް: 80-100 ރުފިޔާއަށް
  • ބޮޑު ރަތްމަސް: 400-500 އަށް މަހެއް