ރޯދަ މަސް ދެބައިވެ 16 ވަނަ ދުވަހާ ބައްދަލުކުރި އިރު، މި ރޯދަމަހު މަސް މާރުކޭޓުގައި ކަނޑުމަހުގެ އަގު އެންމެ ދަށްވި ދުވަހަކީ މިއަދެވެ. ރޯދަ މަސް ފެށި އިރު، ކަނޑުމަސް ކިލޯއެއް މާރުކޭޓުގައި ވިއްކަމުން އައީ ކިލޯއެއް 40ރ. އާއި 45ރ. އާދެމެދުގެ އަގުތަކުގައެވެ. ނަމަވެސް މިއަދު މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ވިއްކަން ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކުގައެވެ.
ކަންނެލި ކިލޯއެއް 35-45ރ. އަށް ލިބެން ހުރި އިރު ފަރުމަސް ލިބެން ހުރީ ވަރަށް މަދުކޮށެވެ. ރަތް މަސް އެއްކޮށް ހުސްވެފައިވާ އިރު، ކުދި ގިއުޅާއި ފިލޮޅު އަދި ގިނި މަސް އުޅެނީ ކިލޯއެއް 80-100ރ. އާ ދެމެދުގައެވެ.
އެހެން ބާވަތްތަކަށް ބަލައި އިރު، ދޮން އަނބުގެ އަގުވެސް މިއަދު މާރުކޭޓުގައި ވަނީ ބޮޑުތަނުން ދަށްވެފައެވެ. ކުރިން 80ރ. އަށް ކިލޯ ވިއްކަމުން އައި އަނބު މިއަދު 40-50ރ. އަށް ލިބެން އެބަހުއްޓެވެ. ލ. މިރުސް ކިލޯއެއް 200-310ރ. އަށް ލިބެން ހުރި އިރު ކަނޑޫދޫ މިރުސް ކިލޯއެއް ލިބެނީ 250-350ރ ދެމެދުގެ އަގުތަކުގައެވެ.
- އަލަނާސި ކަރާ: 30 ރުފިޔާއަށް ކިލޯއެއް
- ކަރާ: 25 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 50 ރުފިޔާއަށް
- ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް
- ބޮންތިރަތް ކެޔޮ: 30-35-40 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: -60-65 ރުފިޔާއަށް ކިލޯއެއް
- މާޅެސްކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް
- ރޯ ކަދުރު: 280 ރުފިޔާއަށް ކިލޯއެއް
- ދޮން އަނބު: 40-50 ރުފިޔާއަށް ކިލޯއެއް
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް
- ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
- މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
- ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
- އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 30 ރުފިޔާއަށް ކިލޯއެއް
- ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް
- ބީންސް: 65 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 40 ރުފިޔާއަށް ކިލޯއެއް
- ބަނބުކެޔޮ: ނެތް
- ބޭރު ތޮޅިމިރުސް: 80 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 200-350 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 75-80 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
- ކަނޑުމަސް: 20-30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- މުށިމަސް: 20 ރުފިޔާއަށް ދެ މަސް
- ދޮންމަސް: 20 ރުފިޔާއަށް ތިން މަސް
- ރިއް މަސް: ނެތް
- ކުދި ފިލޮޅު، ގިނި މަސް: 80-100 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު