މިއަދު ބާޒާރުގެ ތަކެތީގެ އަގުތަކަށް ބަލާއިރު މާބޮޑު ތަފާތު ކަމެއް ނޫޅެއެވެ. ނަމަވެސް މިއަދަކީ މަަސް މާރުކޭޓުގައި މަސް ވަރަށް ތިޔާގި ދުވަހެކެވެ. މަސްވެރިކަން ރަނގަޅުވާން ފަށާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސް ތިޔާގިވެ އަގުހެޔޮކޮސް ލިބޭނެ ކަމަށް މަސްވެރިން ބުނެއެވެ.

މިއަދު މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 30-35ރ އަށެވެ. އެއީ މިއަދުގެ ތާޒާ މަހެވެ. ކަންނެލި ކިލޯއެއް އުޅެނީ 40ރ އަށެވެ.

މިރުހަށް ބަލާއިރު ކަނޑުދޫ މިރުހުގެ އަގަށް ބަދަލެއް ނާދެއެވެ. އިއްޔެވެސް 300-450 ރުފިޔާއަށް ލިބެން ހުރި ކަނޑޫ ދޫ މިރުސް ކިލޯއެއް މިއަދުވެސް އުޅެނީ އެ އަގުގައެވެ. އަދި ލ މިރުސް ކިލޯއެއް މިއަދު އުޅެނީވެސް އެ އަގުގައެވެ.

ކަރަ އާއި ލުނބޯގެ އަގަކަށްވެސް ބަދަލެއް ނާދެއެވެ. ބާޒާރުގައި ތޮއްޑޫ ކަރާގެ އަގު އުޅެނީ 20ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. ތާޒާ ލުނބޯ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަން ހުރީ 75-80 ރުފިޔާއަށެވެ. އަދި އިންޑިއާ ކަރާ، 15ރ އަށް ކިލޯގެ ރޭޓުން ލިބެން އެބަހުއްޓެވެ.

  • ފަނިގިރާ ބާވަތްތަކާއި މޭވާގެ އަގުތައް:
  • އަލަނާސި ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
  • ކަރާ: 20 ރުފިޔާއަށް ކިލޯއެއް
  • އިންޑިއާ ކަރާ: 15 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 100-120 ރުފިޔާއަށް ކިލޯއެއް
  • ބަންގަލަދޭޝް އަދި އިންޑިއާ ފޭރު: 70-80 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-25 ރުފިޔާއަށް
  • ދިވެހި ފެޝަން ފުރުޓް: 130 ރުފިޔާއަށް ކިލޯއެއް
  • ބޭރު ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް
  • ބޮންތިރަތް ކެޔޮ: 30 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • މާޅެސްކެޔޮ: 40 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 55 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް
  • ރޯ ކަދުރު: 300 ރުފިޔާއަށް ކިލޯއެއް
  • ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:
  • ކަންކުން: 10 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް
  • ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް
  • މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް
  • ގަބުޅި: 20 ރުފިޔާއަށް
  • ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
  • ފިޔާ: 15-18 ރުފިޔާއަށް ކިލޯއެއް
  • އަލުވި: 15-18 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 35 ރުފިޔާއަށް ކިލޯއެއް
  • ބަށި: 45-60 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 30-65 ރުފިޔާއަށް ކިލޯއެއް
  • ބީންސް: 65 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
  • އަލަ: 65 ރުފިޔާއަށް ކިލޯއެއް
  • ބަނބުކެޔޮ: ނެތް
  • ބޭރު ތޮޅިމިރުސް: 70 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 300-450 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 75-80 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • މަސް މާރުކޭޓުގެ އަގުތައް:
  • ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 40 ރުފިޔާއަށް ކިލޯއެއް
  • ގޮނދާ: 35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 100-120 ރުފިޔާއަށް ކިލޯއެއް
  • ހަނދި: 60-70 ރުފިޔާއަށް ކިލޯއެއް
  • މުށިމަސް: 20 ރުފިޔާއަށް ތިން މަސް
  • ދޮންމަސް: 20 ރުފިޔާއަށް ތިން މަސް
  • ރިއް މަސް: 20 ރުފިޔާއަށް ތިން މަސް
  • ކުދި ފިލޮޅު، ގިނި މަސް: 30-50-70 ރުފިޔާއަށް މަހެއް