ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވަނީ 27.8 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ރަށުގެ އިރު ދެކުނާއި ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 461 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި 240 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން އެ މަޝްރޫގެ ދަށުން ރަށުގެ އިރު ދެކުނު ފަރާތުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރާނެއެވެ.