ސްރީ ލަންކާ ވެއްޓިފައިވާ ހާލަތުން އަރައިގަތުމަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދައުވަތު ދެއްވައިފި އެވެ.
އެ ދައުވަތު ސިޔާސީ ޕާޓީތަކަށް ފޮނުވާފައި މިވަނީ, ބޮޑުވަޒީރު މަހިންދަ ރާޖަޕްކަސަ ފިޔަވައި އެގައުމުގެ ކެބިނެޓުގައި ހިމެނޭ ހުރިހާ ވަޒީރުން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.
ލަންކާގެ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމުގައި އެހީތެރިވުމަށް ރައީސް ގޮތަބަޔާ ހުރިހާ ސިޔާސީ ޕަޓީއަކަށް ދައުވަތު ދެއްވާ ކަމަށެވެ.
ކެބިނެޓު އެއްކޮށް އިސްތިއުފާ ދިން އިރު, ލަންކާގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ގައުމުގެ އިގުތިސޯދު އަޑިއަޅާލައި ތަކެތީގެ އަގުބޮޑުވުމާއި ޒަރޫރީ ހިދުމަތްތަކުން އާއްމުން މަހުރޫމުވެ، ކަރަންޓުގެ ހިދުމަތް މެދުކަނޑަމުން ދިއުމާ ގުޅިގެން އާއްމުންގެ ރުޅިގަދަވެ, ސަރުކާރާ ދެކޮޅަށް ލަންކާއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ލަންކާގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު