ހުޅުމާލޭގައި ހުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑު، އީޒީފިލް-3 އިން ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ޝެޑުން 24 ގަޑިއިރު ހިދުމަށް ލިބޭނެ ކަމަށާއި އެގޮތަށް ނިންމީ ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ ސަބަބުން ތެލުގެ ހިދުމަތް ހޯދާ ފަރާތްތަކަަށް ލުއި ފަސޭހަކޮށް ދިނުމަށް ކަމަށެވެ.
އެފްއެސްއެމްގެ ހުޅުމާލެ ޕެޓްރޯލް ޝެޑުގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން 23:00 އަށެވެ. ހުކުރު ދުވަހު ހިދުމަތް ދެނީ މެންދުރުފަހު 14:00 އިން 23:00 އަށެވެ. ނަމަވެސް ނަމާދު ގަޑިތަކަށް ޕެޓްރޯލް ޝެޑު ބަންދުކުރެއެވެ.
އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް މާލޭގައި ހުރެއެވެ. މާލޭގައި 24 ގަޑިއިރު ހިދުމަތް ދެނީ ސްޓެލްކޯ ކައިރީގައި ހަދާފައިވާ ޝެޑުން އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު