މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެގްޒެކެޓިވް މެނޭޖްމަންޓަށް އަމާޒުކޮށްގެން "ނެކްސްޓް ޖެެނެރޭޝަން ޕާފޮމެންސް މެނޭޖްމަންޓް" ޓްރެއިނިން ސެޝަންތަކެއް ފަށައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ މި ސެޝަންތަކަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް އެންމެ ގާބިލު އަދި ހުނަރުވެރި މުވައްޒަފުން ދެނެގަނެ މުވައްޒަފުން ވަޒީފާއަށް ޝައުގެވެރިކުރުވުމުގެ ހުނަރު ކިޔަވައިދިނުމަށް ކުރިއަށްގެންދާ ސެޝަންތަކެއް ކަމަށެވެ. އަދި މި ސެޝަންތަކުގައި ކިޔަވައިދެނީ ގްލޯބަލް ރިމިއުނިރޭޝަން އެކްސްޕާޓް އަދި ހިއުމަން ރިސޯސް ކޮންސަލްޓެންޓެއް ކަމަށްވާ ރޮބާޓް މޮސްލީ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެެވެ.
އެމްޕީއެލުން ބުނީ އެކްޒެކެޓިވް މެނޭޖްމަންޓަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޓްރެއިނިން ސެޝަންތަކުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތާއި ފެންވަރު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށާއި ކުންފުނިން ހާސިލުކުރަން ކަނޑައަޅާފައި ހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސެޝަންތައް ކުރިއަށްދަނީ ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ. މި ސެޝަންތަކުގައި ކިޔަވައިދޭ ރޮބާޓް މޮސްލީ ވަނީ ދުނިޔޭގެ އެޗްއާރު ކޮންގްރެސް އިން ދޭ "ގްލޯބަލް އެޗްއާރް ލީޑާޝިޕް" އެވޯޑް، 2017 ވަނަ އަހަރު ހޯދައިފައެވެ. މީގެ އިތުރުންވެސް މޮސްލީ ވަނީ ޕީޕަލް ހަމް އިން އެކުލަވާލި "ޓޮޕް 100 ތޯޓް ލީޑާސް ޓް އިންސްޕައާ ޔޫ އިން 2021" ލިސްޓުގައި ވެސް ހިމެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު