ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ދުވަސްތަކަކަށް ފަހު ސަޕޯޓަރުންނާ އެކު ފެނިލައިފިއެވެ.
މެޑަމް ފާތުން ބައިވެރިވެވަޑައިގެންފައިވަނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ރޭ ބޭއްވި ހަފުލާއެއްގައެވެ.
އެ ހަފުލާގައި ބައިވެރިވި ބައެއް ސަޕޯޓަރުން، މެޑަމް ފާތުންއާ އެކު ނަގާފައިވާ ފޮޓޯ އާއްމުކޮށް ބުނެފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހު އެކަމަނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
މިއީ 2018ގެ ރިޔާސީ އިންތިހާބަށްފަހު އެކަމަނާ ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ހަރަކާތެވެ. އިންތިހާބަށް ފަހު އެކަމަނާ ސިޔާސީ ހަރަކާތެއްގައި އަދި ޕީޕީއެމްގެ އެއްވެސް ހަރަކާތެއްގައިވެސް ބައިވެރިވެވަޑައިގަންނަވަނިކޮށް ފެނިފައެއް ނުވެއެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިވެސް މެޑަމް ފާތުން ވަރަށް އިސް ދައުރެއް އަދާކުރައްވައި، ރަށްތަކަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވައި ހެއްދެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު