ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިންގުމަށް ބަދަލު ގެނެސްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު އެ މަގާމުން ވަކިކޮށް ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަފީގު އެ މަގާމުން ވަކިކޮށް، ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
މިމަހުގެ އެއްވަނަ ދުވަހު ސްޓެލްކޯގެ ހިންގުމަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ ވަކިކޮށް، އެ މަގާމަށް އައްޔަންކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް މި ބަދަލުތައް ގެންނަ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު