ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ދެ ދަރިވަރަކު ހާލު ދެރެވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޓްރެއިނިން ހަދަމުން ދިޔަ ދެ ދަރިވަރަކު ހާލު ދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވައެވެ.
މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ދެ ދަރިވަރަކު ހާލު ދެރެވެގެން މާލެ ގެނެސް ފަރުވާދެމުންދާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ މާފިލާފުށީގައި ޓްރެއިނިން ހަދަމުން ދިޔަ ދަރިވަރަކު މަރުވެފައެވެ. މަރުވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލްއެވެ.
ރާފިލް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިން ކަމަށް އެއިރު އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް އިތުރު ފަރުވާ ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު