މޯލްޑިޕްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މުވައްޒިފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ގާއިމުކުރަން ނިންމައިފިއެވެ.
އެމްޕީއެލްއިން ބުނީ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ޑޭކެއާ ސެންޓަރެއް ގާއިމުކުރަން ނިންމީ ކުންފުނީގެ މެނޭޖުމެންޓުން ކަމަށެވެ. އަދި ބުނީ ޑޭކެއާ ސެންޓަރެއް ގާއިމުކުރަން ނިންމީ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިތަކުގައި މުވައްޒަފުންގެ ކުދިން ޑޭކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތައް ފަސޭހަކޮށް ދިނުމަށް ކަމަށެވެ.
އެ ޑޭކެއާ ސެންޓަރުގައި މަސައްކަތް ކުރާނީ އެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ އެ ކުންފުނީގެ މަގުސަދަކީ މުވައްޒަފުންނަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު