ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި ހަފުލާގައި އެ އެވޯޑުތައް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ހަފުލާގައި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް 12 އަންހެން ބޭފުޅަކަށް ދީފައިވެއެވެ. އޭގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ފަރާތްތައްވެސް ހިމެނެއެވެ. ހަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާއެވެ.

ކުންފުންޏަށް ގިނަ ދުވަސް ހިދުމަތް ކޮށް އެވޯޑް ހޯދި ފަރާތްތައް: 

  • • ރަޒިއްޔާ މޫސާ – ސީނިއަރ ޗީފް މެނޭޖަރު – ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް
  • • ފާތިމަތު ސާދުނާ – ސީނިއަރ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް
  • • ފާތިމަތު ބަދޫރާ – މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް
  • • ރަހުމަތު – ސީނިއަރ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް
  • • ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު - އެޗްއާރު ޑިޕާޓްމެންޓް
  • • ފާތިމަތު ނާޝިދާ – ސީނިއާ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް
  • • ފާތިމަތު ނާޒިމާ – މެނޭޖަރު – މާލެ ނޯތް ހާބަރު
  • • އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރު – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމަޖެންސީ ސާވިސަސް
  • •އަމީޒާ އަލީ – ސީނިއާ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް
  • • ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް
  • • އައިޝަތު ސުނީޒާ – ސީނިއާ މެނޭޖަރު – ހުޅުމާލެ ޓާމިނަލް އޮޕަރޭޝަންސް
  • • އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މީގެ އިތުރުންވެސް ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތައް ހާއްސަ ސެކްރެޓޭރިއެޓް އެވޯޑެއް ރޭގެ ހަފުލާގައި ވަނީ ދީފައެވެ. އެ އެވޯޑް ޖުމުލަ ހަތަރު އަންހެން ބޭފުޅަކަށް ދީފައިވެއެވެ. އެ ބޭފުޅުންނަކީ:

  • - ފާތިމަތު ސިޔާނާ، ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ، އެޗްއާރު ޑިޕާޓްމެންޓް
  • - މަރިޔަމް ފަރީޝާ، ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް
  • - އައިޝަތު އަރީން އިލްޔާސް، ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ، އެޗްއާރު ޑިޕާޓްމެންޓް
  • - ސުހާ ޝަރީފު، އިންޓަވިއު ޕެނަލް ސެކްރެޓަރީ، އެޗްއާރު ޑިޕާޓްމެންޓް

މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ.

މީގެ އިތުރުންވެސް، ރޭގެ ހަފްލާގައި އަންހެނުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފުތިތާހުކޮށް، "ޓްރައުމާ ލީވް ޕޮލިސީ" އެއް އިއުލާނުކޮށްފައިވެއެވެ.