އެވިޑް ކޮލެޖުން އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ތަފާތު ދާއިރާތަކުން އެވިޑް ކޮލެޖުގައި ހިންގާ އެކިއެކި ދަރަޖަތަކުގެ 75 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އެކަމަށްޓަކައި މިއަދު ހެނދުނު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
އެވިޑް ކޮލެޖުގައި ކޯސް ހިންގާ ދާއިރާތަކުގެ ތެރޭގައި ޝަރީއާ އެންޑް ލޯ، ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓީޗިން، އެޑިއުކޭޝަން، ސައިކޮލޮޖީ އަދި ކައުންސެލިން ހިމެނެއެވެ. މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް އެވިޑް ކޮލެޖުގައި ހިންގަމުން ގެންދެއެވެ. މިއިން ކޮންމެ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކޮށް ހުއްދައާއެކު ހިންގާ ކޯސްތަކެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ރަށެއްގައިވެސް އެވިޑް ކޮލެޖުގެ ކޯސްތައް ހިންގޭނެއެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް އެވިޑް ކޮލެޖުން މަރުހަބާ ކިޔާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އެވިޑް ކޮލެޖުގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށްފަހު އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ފުރާލެވެނެއެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ކޯސްތަކުގެ ފީގެ ތަފްސީލު އެވިޑް ކޮލެޖުގެ ވެބްސައިޓުންނާއި އެ ކޮލެޖުގެ ކޮންމެ ކެމްޕަހަކަށް ޒިޔާރަތްކޮށްގޮންވެސް ލިބޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަތީ ތައުލީމުގެ ފުރުސަތު އާންމުންނަށް އަތްފޯރާ ފަދަ ހެޔޮ އަގެއްގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން އެކިއެކި ކޯސްތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު