އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލުމަށް އެންމެން އެއް އަޒުމެއްގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެމަނިކުފާނު މިއަދު ދެއްވި މެސެޖުގައި ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދަނީ މުޖުތަމައުގެ ތަރައްގީއަށް ކަނބަލުން ކޮށްދެއްވަމުން އަންނަ މިންނެތް މަސައްކަތްތައް ކަމަށެވެ.

މުޖުތަަމައު ތެރޭގައި ކަނބަލުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ފުރައްސާރައާއި ތަފާތުކުރުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިިބިފައިވީ ނަމަވެސް އަދިވެސް އެފަދަ އަމަލުތައް އެއްކޮށް ނެތިގެންދާން ކައިރިވެސް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1501094283696214016?s=20&t=gCzhxaIkJKTAMCZ_0S4yFA

ރައީސް އިތުރަށް ވިދާޅުވީ މިއަދު ފާހަގަކުރުމުން މިދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު ހުރިހާ ފަރާތްތަކުންވެސް އަޒުމް ކަނޑައަޅަންވީ ކަނބަލުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ފުރައްސާރައާއި ތަފާތުކުރުންތައް އެއްކޮށް ހުއްޓާލުމަށް ކަމަށެވެ.