ހުޅުމާލޭގައި ގާއިމުކުރި ދެވަނަ ކޮވިޑް ފެސިލިޓީ، އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓު ސެންޓަރުގެ ނަމުގައި މިއަދު ހުޅުވައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، ހުޅުމާލޭގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑާ ޖެހިގެން ހުންނަ އެ ފެސިލިޓީގައި 44 އައިސީޔޫ އެނދާއެކު ޖުމުލަ 272 އެނދު ހުންނާނެ ކަމަށެވެ.
މިއަދު ހުޅުވި ފެސިލިޓީ ހަދާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ. އެތަން ކޮވިޑު ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެޗްޑީސީންނެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ގާއިމުކުރީ 240 އެނދުގެ ކޮވިޑު ފެސިލިޓީއެކެވެ. އެ ފެސިލިޓީ ގާއިމުކޮށްފައި ހުންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮންނަ ބިމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު