ރަޝިއާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެގައުމަށް ދަތިކުރުމުގެ ގޮތުން ނެޓްފްލިކްސް އިން ރަޝިއާއަށް ހިދުމަތް ދިނުން ހުއްޓާލައިފިއެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ސްޓްރީމިން ހިދުމަތް ދެމުން އަންނަ ނެޓްފްލިކްސް އިން ރަޝިއާއަށް ހިދުމަތްތައް މެދުކަނޑާލިކަން އިއްޔެ އިއުލާނު ކުރި، ނަމަވެސް ރަޝިއާގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ނެޓްފްލިކްސް އިން ވަނީ މީގެ ކުރިން ރަޝިއާއާ އެކު މަސައްކަތްކުރުން މެދުކަނޑާލައިފަ އެވެ.
ރަޝިއާއަށް ހިދުމަތް ދިނުން ނެޓްފްލިކްސް އިން ހުއްޓާލާފައިވާ އިރު، ނެޓްފްލިކްސްއާ ގުޅިގެން ރަޝިއާގެ ހަތަރު ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ރަޝިއާއަށް ނެޓްފްލިކްސްގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން 222 މިލިއަން ސަބްސްކައިބާސް ހިމެނޭ ނެޓްފްލިކްސްގައި ރަޝިއާގެ މިލިއަނެއްހާ މީހުން ސަބްސްކްރައިބް ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ