ވަން އޮންލައިންގެ އެސިސްޓަންޓް އެޑިޓަރު އަލީ ޔާމީންގެ ލޮބުވެތި ބައްޕަ ތ. ވަންދޫ، ފިނިފެންމާގެ، އަހުމަދު އަލީ (ދޮން އަހުމަދު) 83އ. ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެފައެވެ.

އަލީ ޔާމީންގެ އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.