ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަލްޓާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދު މަލްޓާއަށް ވަޑައިގަންނަވަނީ އާދަކާދަ އާއި ހަމަޖެހުމުގެ ބައިނަލްއަގުވާމީ ފޯރަމްގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމަށް ކަމަށެވެ.

އެ ފޯރަމްގައި ރައީސް ނަޝީދު، "ދަ ރޯލް އޮފް ޕާލުމެންޓޭރިއަންސް އެންޑް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން" މައުލޫއަށް ވާހަކަފުޅުދައްކަވާނެއެވެ.

އަބްދުލްއަޒީޒް ސައުދު އަލް ބަބްޓެއިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމުކުރާ އެ ފޯރަމް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

މަޖިލީސް ރައީސްގެ މި ދަތުރުފުޅުގައި މަލްޓާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

ދެ ދުވަހުގެ އެ ދަތުރުފުޅަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.