ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މަންމާފުޅު އަޒީޒާ އަހުމަދު މިރޭ އަވަހާރަވެއްޖެއެވެ.

އަޒީޒާއަކީ ކުރިން މާލޭގެ އެންމެ މަޝްހޫރު ހޮޓާ ކަމަށްވާ އިވްނިން ގްލޯރީގެ ވެރިޔާ އަދި ނިއުރޭޑިއަންގެ ކުރީގެ އެއް މުއައްސިސް ކުއީން ވަހީދުގެ އަނބިކަނބަލުންނެވެ.

އަދި އޭނާއަކީ މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެވެސް މަންމައެވެ.

އަޒީޒާ އަވަހާރަވީ މިރޭ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ދަނިކޮށެވެ. އަޒީޒާގެ ކަށު ނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.