ރާއްޖޭގެ ތާރީހުގައި މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހު ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސްއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 4.45 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި އެއީ ރާއްޖޭގެ ތާރީހުގައިވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އެތެރެކުރި މަސް ކަމަށެވެ.
ކަސްޓަމްސްއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކުރީ ގޭހާއި ތެލުގެ ބާވަތްތަކެވެ. އެގޮތުން ޑިސެމްބަރު މަހު 935 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާ އިރު، 816 މިލިއަން ރުފިޔާގެ ގޭހާއި ތެލުގެ ބާވަތްތައް އެތެރެކޮށްފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ، އޮމާން އަދި ސިންގަޕޫރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު