ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާދިއްޕޮޅަށް (ޅ. އަތޮޅު) އަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑަައިގެންފިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅަކަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފައިވަނީ މިރޭ 6:35 ހާއިރުއެވެ.
ރައީސް ސޯލިހު ވަނީ ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި ފެލިވަރަށް ވަޑައިގެން އެރަށުގެ މަސައްކަތްތައްވެސް ރައީސް ބައްލަވައިލެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައިވަނީ މަޑިވަރު އެއާޕޯޓު ހުޅުވައިދެއްވައި، ނައިފަރުގައި ސަރުކާރުން އެޅި 100 ހައުސިން ޔުނިޓު ހުޅުވައިދެއްވައިފައެވެ. އަދި ނައިފަރު މަދަރުސަތުލް އިފުތިތާހުގެ އާ ކްލާސްރޫމްވެސް ރައީސް ހުޅުވައިދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޅ. އަތޮޅަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު