ހޮންކޮންގެ އެންމެ ބޮޑު އެއް ލަގްޒަރީ ހޮޓެލް ބްރޭންޑް ކަމަށްވާ މެންޑަރިން އޮރިއެންޓަލް ގުރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރަން ފަށާފައިވާކަން އިއުލާނު ކޮށްފިއެވެ.
މެންޑަރިން އޮރިއެންޓަލް ގުރޫޕުން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުން އެ ރިސޯޓު ތަރައްގީ ކުރަނީ މާލެ އަތޮޅު ދެކުނުގައި އޮންނަ ބޮލިދުއްފަރާއި އެރަށް ކައިރީގައި އޮންނަ ދެ ރަށެއް އެއްކޮށްލައިގެންނެވެ. ބޮޑުމިނުގައި 84 އޭކަރު ހުންނަ މި ރިސޯޓުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު މި ރިސޯޓު ހުޅުވޭނެ ކަމަށް އެ ކުންފުނިން ލަފާ ކޮށްފައިވަނީ 2025 ވަނަ އަހަރުއެވެ.
މެންޑަރިން އޮރިއެންޓަލް ގުރޫޕުގެ ސީއީއޯ ޖޭމްސް ރައިލީ ވިދާޅުވީ ރާއްޖޭގެ މާކެޓަށް އެ ބްރޭންޑް ވައްދަން އެ ގުރޫޕުން ވިސްނަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށާއި މިހާރު ތަރައްގީކުރާ ރިސޯޓަކީ މާކެޓަށް ވަންނަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ލަގްޒަރީ 33 ހޮޓަލެއް ހިންގަމުން އަންނަ މެންޑަރިން އޮރިއެންޓަލް ގުރޫޕުން އެ ރިސޯޓުގެ މަސައްކަތް ކުރަމުން އަންނަނީ ދުބާއީގެ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމަށްވާ ދަމާކް ގުރޫޕްއާ ހަވާލުކޮށްގެންނެވެ.
މި ރިސޯޓުގައި ޖުމުލަ 120 ވިލާ އަޅައި އިރު، އޭގެ ތެރޭގައި 56 ވޯޓާ ވިލާއާއި 64 ބީޗް ފްރަންޓް ވިލާ އަދި 10 ބްރޭންޑެޑް ރެޒިޑެންސް ހުންނާނެއެވެ. މި ވިލާތަކުގެ ބޮޑުމިނުގައި 2،00-1،000 އަކަފޫޓޫ ހުންނާނެ ކަމަށާއި ވިލާތަކަކީ މާކެޓުގައި މިވަގުތު ހުރި އެންމެ ބޮޑެތި ވިލާތަކަށް ވާނެ ކަމަށްވެސް މެންޑަރިން އޮރެންޓަލް ގުރޫޕުންް ބުނެއެވެ.
މީގެ އިތުރުން ހަ ރެސްޓޯރެންޓާއި އިންޑޯ އަދި އައުޓްޑޯ އިވެންޓް ހޯލަކާއި ކުޑަކުދިންގެ ކުލަބްތަކާއި ޑައިވް ސެންޓަރެއް އަދި ކުޅިވަރު ކުޅޭނެ ތަންތަން ރިސޯޓުގައި ތަރައްގީކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު