މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފއެވެ.
އެމްބީއޭގެ ޑިޖިޓަލް ޕާޓްނަރ ކަމަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމާއި އެ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.
ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ބާސްކެޓް ބޯޅަ އަކީ ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު ކުޅިވަރެއް ކަމަށާއި އެމްބީއޭއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޒުވާން ބާސްކެޓް ކުޅުންތެރިންނާއި ޓްރެއިނަރުން އަދި ރެފްރީންގެ ކުރިއެރުމަށް އެމްބީއޭއާ ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެމްބީއޭގެ ރައީސް އަހުމަދު އާދަމް ދިރާގަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ ރާއްޖޭގައި ބާސްކެޓު ކުރިއަރުވައި އެ ކުޅިވަރު ތަރައްގީކުރުމަށް ދިރާގުން އަބަދު ވެސް އެއްބާރުލުން ދޭ ކަމަށެވެ.
ދިރާގަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ހުނަރާއި ގާބިލުކަން ކުރިއަރުވައި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު