މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އާ ޕާމަނަންޓް ސެކްރެޓަރީއެއް އައްޔަންކޮށްފިއެވެ.
އިސްލާމިކު މިނިސްޓްރީގެ އާ ޕީއެސްއަކަށް އައްޔަންކޮށްފައިވަނީ އަހުމަދު އަދީލެވެ. އޭނާއަކީ ތައުލީމީ ދާއިރާއަށް 17 އަހަރު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އަދީލް ވަނީ ލީޑިން ޓީޗަރެއްގެ މަގާމާއި ޕްރިންސިޕަލެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ކ.ގުޅީ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމެވެ.
އާ ޕާމަނަންޓް ސެކްރެޓަރީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިއަދު މުވައްޒަފުންނާއެކު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިނިސްޓްރީގެ މުވައްޒަފުންނަކީ ގުޅިގެން މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި މިނިސްޓްރީގެ ޓީމުން ފުރިހަމަ އެއްބާރުލުން އަދީލަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދީލް ވަނީ ގައުމީ ޔުނިވަރސިޓީން ޑިޕްލޮމާ އިން ޓީޗިން އަދި މާސްޓާސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން ވިލާ ކޮލެޖުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންވެސް ވަނީ ފުރިހަމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު