ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު، އަބުދުﷲ ޖާބިރު ހައްޔަރު ކޮށްގެން މާދަމާ ކޯޓަށް ހާޒިރު ކުރަން ސިވިލް ކޯޓުން އަމުރު ނެރެފިއެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވަން އަށް މިއަދު ވިދާޅުވީ، އެކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި ވަނީ، މާދަމާ 11:45 އަށް ޖާބިރު ކޯޓަށް ހާޒިރު ކުރަން ކަމަށެވެ. އެއީ ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން އޮތް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްޓީސީސީން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
އެމްޓީސީސީގެ ފަރާތުން ޑީއާރުޕީން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށްބުނެ އެފައިސާ ހޯދުމަށް އެމްޓީސީން ވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލަ ބެލުމަށްފަހު ހަ މަސްދުވަހުގެ ތެރޭގައި އެފައިސާ ދެެއްކުމަށް މީގެ ކުރިން ސިވިލްކޯޓުން ހުކުމްވެސް ކުރިއެވެ. އެހުކުމް ބާތިލު ކުރުމަށް އެދި އެ މައްސަލަ ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ.
ނަމަވެސް 2020 ޖޫން 10 ގައި ސުޕްރީމް ކޯޓުން ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށްފަހު ނިންމީ ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު އިސްތިއުނާފު ކުރަން ފުރުސަތު ޑީއާރުޕީއަށް ދޭން ޖެހޭ ފަދަ ނުކުތާތަކެއް ހުށައަޅާފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު