ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްގުއްދޫސް އިބްރާހީމް މިއަދު އަވަހާރަވެއްޖެއެވެ.
ގުއްދޫސް އަވަހާރަވެފައިވަނީ އުމުރުން 82 އަހަރުގައި، ފުއްޕާމޭގެ ކެންސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ގުއްދޫސްއަކީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)ގެ ބައްޕައެވެ.
ގުއްދޫސްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭ 10:30 ގައި އިސްލާމީ މަރުކަޒުގައެވެ.
ގުއްދޫސްއަކީ ފުޓުބޯޅައަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަރަދުކުރައްވައި އެ ކްލަބު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު