ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) ގުޅިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ޔުނިފައިޑް ފުޓްބޯލް ފެސްޓިވަލް އިއްޔެ ބާއްވައިފިއެވެ.
ފެސްޓިވަލްގައި ފުޓުބޯޅައިގައި އެންމެން ބައިވެރިކުރުމަށް ކަނޑައަޅާފައި ހާއްސަ ޝިޔާރު ކަމަށްވާ "ފުޓްބޯލް ފޯ އޯލް" ޕްރޮމޯޓް ކޮށްފައިވެއެވެ. ފެސްޓިވަލް ވެގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ އަދި ނުކުޅެދުންތެރިކަން ނުހުންނަ ފަރާތްތައް އެއްތަނަކަށް އެއްވެ، "އެކުވެރިކަމާއި، ޑައިވަރސިޓީ، އަދި އިންކްލޫޝަން ފަދަ ވެލިއުސްތައް، ފުޓްބޯޅައިގެ ޒަރީއާއިން ފާހަގަކޮށް ޕްރޮމޯޓް ކުރުމަށް ހޯދިގެން ދިޔަ ތަފާތު ފުރުސަތަކަށެވެ. މި އިވެންޓުން ފެނުނީ ތަފާތު ރޫހެކެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަތް އިއްޔެގެ އިވެންޓަކީ އެފްއޭއެމް ފައުންޑޭޝަނުގެ "ޕިޗް ފޯ އިންކްލޫޝަން އިނީޝިއޭޓިވް" ގެ ދަށުން އެފްއޭއެމް އާއި އެސްއޯ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ. ފެސްޓިވަލުގެ މައިގަނޑު ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ހުރަސްތައް ފުޓްބޯޅަ މެދުވެރިކޮށް، ނައްތާލައި، އިޖުތިމާއީ ޝާމިލުވުން ކުރިއެރުވުން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.
ފެސްޓިވަލްގެ އިފްތިތާހީ ހަރަކާތުގައި 50 ވުރެ ގިނަ ކުދިން ބައިވެރިވެ، އިންޓަލެކްޗުއަލް ޑިސެބިލިޓީސް ހުންނަ ކުޅުންތެރިންނާއި، ކްލަބް ތަކުގެ އެކެޑަމީތަކުގެ ކުޅުންތެރިން ގުޅިގެން ނޮން ޑިސޭބަލްޑް ޕާޓްނަސްގެ ގޮތުގައި ބައިވެރިވެ، ފުޓުބޯޅައިގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ފެސްޓިވަލަކީ އެފްއޭއެމާއި އެސްއޯ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާނެ "ޔުނިފައިޑް ފުޓްބޯލް ޕްރޮގްރާމް" ފެށުމުގެ ގޮތުން ބޭއްވި ފެސްޓިވަލެކެވެ.
"ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ، ނަމަވެސް މިއީ އެފްއޭއެމް އާއި އެސްއޯ މޯލްޑިވްސް ގުޅިގެން ޔުނިފައިޑް ފުޓްބޯޅައަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރު. މިއީ ބޮޑު ކުރިއެރުމެއް، އަޅުގަނޑުމެން މި ބަލަނީ މި އަހަރު ވެސް އަޅުގަނޑުމެންނަށް އޮތް ޕާޓްނަޝިޕްގެ އަދި ޔުނިފައިޑް ފުޓްބޯޅަ ޕްރޮގްރާމް އެކްސްޕޭންޝަން ކުރިއަށް ގެންދެވޭނެ ކަމަށް،" އިއްޔެ އިވެންޓާ ގުޅިގެން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވިއެވެ.
އެސްއޯ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 300 އަށް ވުރެ ގިނަ އިންޓަލެކްޗުއަލް ޑިސެބިލިޓީސް ހުރި އެތުލީޓުންނަށް ކުޅިވަރުގެ ފުރުސަތު ފަހިކޮށްދެމުން އަންނަ ޖަމާއަތެކެވެ. އެ ޖަމިއްޔާއިން ދާދިފަހުން ބްރޭންޑް އެމްބެސަޑަރަކަށް އަލީ އަޝްފާގު (ދަގަނޑޭ)ވެސް އިއުލާން ކޮށްފައިވާ އިރު، އެސްއޯ މޯލްޑިވްސްއަކީ އެފްއޭއެމްގެ ސޯޝަލް ރެސްޕޮންސިބިލިޓީގެ އެއް ޕާޓަނަރެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު