ކެމްބްރިޖް އައިޖީސީއެސްސީ، އެސްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން މިއަދު ބުނީ މިއަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްސީ، އެސްއެސްސީ އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށްކުރިއަށް ގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުވެސް އޯލެވެލް އިމްތިހާނު ބާއްވާފައިވަނީ މެއި/ޖޫންގަ އެވެ. އެގޮތުން ރާއްޖޭގެ 235 ސެންޓަރެއްގައި 5955 ދަރިވަރުން އޯލެވެލް އިމްތިހާނު ހެދި އެވެ.
ކޮވިޑުގެ ސަބަބުން އޯލެވެލް އިމްތިހާނު ބޭއްވުން މެއި/ ޖޫން އަށް ވަނީ ބަދަލުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮވިޑަށް ޕޮޒިޓިވް ވާ ކުދީންނާއި ކޮންޓެކްޓުވެފައި ތިބި ކުދިން ވަކިން ތިބެ ޓެސްޓު ހެދޭނެ އިންތިޒާމު ފަހިކޮށްދީފަ އެވެ.
މިއަހަރުވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު