ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާވަޑާން މަރާމާތަށްފަހު މިމަހުގެ 20 ގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ފެން އަރުވާވަޑާން ހަލާކުވެފައި ހުންނަތާ މިހާރު ވަނީ ތިން ވަރަކަށް އަހަރުވެފައެވެ.
މާލޭ ސިޓީ ކައުންސިލުގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ "ވަން"އަށް މިރޭ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފެން އަރުވާވަޑާމުގެ ފެންގަނޑު ޓެސްޓުކުރުމާއި ފެނުގެ ޕްރެޝަރު ބަލައި، ލައިޓުތައް އެޑްޖަސްޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ 20 ވަނަ ދުވަހު ފެން އަރުވާވަޑާން ހުޅުވުމަށް. އެކަމަކު ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ފަހަރެއްގައި އެއަށްވުރެ ލަސްވެސް ވެދާނެ،" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ އިތުރަށް ވިދާޅުވީ، ފެން އަރުވާވަޑާން ހުޅުވާފައި ބަހައްޓާނެ ގަޑިތައް އަދި ނުނިންމާ ކަމަށާއި ގަޑިތައް ނިންމާނީ ފެން އަރުވާވަޑާން އަލުން ހުޅުވުމަށް ފަހުގައި ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި ފެން އަރުވާވަޑާމެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު