މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2.03 ބިލިއަން ރުފިޔާގެ ބަލައިގެންފިއެވެ.
މި އަދަދަކީ 2020 އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ 95 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން މިއަދު ބުނީ ޑިސެމްބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އާއި ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްތަކާއި ބިންތަކުގެ ކުލީގެ އިތުރުން ލީސް މުއްދަތު އިތުރުކުރުމުގެ ފީ ގޮތުގައި ކަމަށެވެ.
ޑިސެމްބަރު މަހު އާންމު ޖީއެސްޓީގެ ގޮތުގައި 214 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އާމްދަނީގެ 10.6 ޕަސެންޓެވެ. ޓީޖީއެސްޓީގެ ގޮތުގައި 738 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެއީ އާމްދަނީގެ 36.5 ޕަސެންޓެވެ. އަދި ޓޫރިޒަމަށް ދޫކުރެވިފައިވާ ރަށްތަކުގެ ބިންތަކުގެ ކުލީގެ ގޮތުގައި 485 މިލިއަން ރުފިޔާގެ އާމްދަނީއެއް މިރާއަށް ވަނީ ލިބިފައެވެ.
މީގެ އިތުރުން ލީސް މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 153 މިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 95 މިލިއަން ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 94 މިލިއަން، އެއާޕޯޓް ޑިވޮލަޕްމަންޓްފީގެ ގޮތުގައި 67 މިލިއަން އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 66 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު