ގއ. ކޮލަމާފުށީ މަގުތަކުގައި ތާޅު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމަށް، ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ތޮލްހަތެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

އެ މަޝްރޫއުގެ ދަށުން 4.8 ކިލޯ މީޓަރުގެ މަގުގައި ތާޅު އަޅައި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ކޮލަމާފުށީ މަގުތަކުގައި ތާޅު އެޅުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 85.3 މިލިއަން ރުފިޔާއަށެވެ