ގއ. ކޮލަމާފުށީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިރޭ 9:30 ހާއިރު ފިރިހެނަކާއި އަންހެނެއް ދުއްވި ދެ ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަންހެނަކަށެވެ.

ކޮލަމާފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކްސިޑެންޓްގައި އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލު އޭނާ ހާމައެއް ނުކުރައްވައެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ކަނދުރާ އާއި ފައިގެ އިތުރުން އަތް ވަނީ ބިންދައިގެން ގޮސްފައެވެ.

މި އެކްސިޑެންޓްގައި ފިރިހެން މީހާއަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.