ކ. ހިންމަފުށީގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތް، މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
އެކަމަށް ޓަކައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާގައި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ގުރުއަތުލުން ބާއްވާފައިވެއެވެ. ގުރުއަތުލުމުގެ ޓީމުތަކުގެ ފަރާތުން ބައިވެރިވެފައިވާ އިރު، މިނިވަން ފަރު ޖަމިއްޔާގެ ފަރާތުން މުބާރާތުގެ ކަންކަން ޓީމުތަކާ ހިއްސާ ކޮށްފައިވެއެވެ.
މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައި ވަނީ އަށް ޓީމެކެވެ. އަންހެން ޑިވިޝަންގައި ތިން ޓީމަކުން ވާދަކުރެއެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖު މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އަންހެން ޑިވިޝަންގައި ލީގު ބުރެއް ކުޅުމަށްފަހު ދެން ކުޅޭނީ ފައިނަލް މެޗެވެ.
- ކައުންސިލް
- އެޗްއެސްސީ
- ސީޕީޑީ
ގްރޫޕް އޭ: ސީއެމްއެފް ސްޕިރިޓް، ސްޓެލްކޯ ކްލަބު، އައްސޭރި ޕްރިސަން، ކައުންސިލް ފުޓްސަލް ޓީމް
ގްރޫޕް ބީ: ޑީޓީއާރްސީ، ހިންމަފުށީ ޕޮލިސް، ސީއެމްއެފް، އައިބީސީ
ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް، އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތް ކުރިއަށްދާނީ ހިންމަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ކުރިއަށްގެންދަން މިނިވަން ފަރުން ނިންމާފައިވަނީ މިމަހު 20 އިން 28 އަށެވެ.
މިނިވަން ފަރު އޮފީސް ފުޓްސަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު