ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަނެއްކާވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށައިފިއެވެ.
މީގެ ކުރިންވެސް އައްޑޫއާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ސީދާ ދަތުރުތައް ކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ ދަތުރުތައް ހުއްޓާލީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ދިމާވި ހުރަސްތަކާ ހެދިއެވެ.
ސްރީ ލަންކަންގެ ދަތުރުތައް މިއަދު އަލުން ފެށި އިރު، ހަފުތާއަކު ދަތުރެއް ކުރާނެއެވެ. އަދި މިފަހަރު އެ ދަތުރުތައް ގަމަށް ބާއްވާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން ކަނެކްޓިވިޓީ ވެސް ލިބޭ ގޮތަށެވެ.
ސްރީ ލަންކަން އެއާލައިންސްގެ ރާއްޖެ އޭޖެންޓަކީ އޭސް އޭވިއޭޝަނެވެ. އައްޑޫގެ ޓިކެޓިންގ އެޑްރެސްއަކީ މިފްރާ، ސ. ފޭދު (ބީޗް ރޯޑް) އެވެ.
ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 1، 2016 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު