އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުއައްސަސާއަކަށް ބަދަލުކުރަން އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މަސައްކަތް ނުކުރައްވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ފާސްކޮށްފިއެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ވައްޑެ ވިދާޅުވީ އީޕީއޭ މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަަދި އެތަން މިނިވަން މުއައްސަސާއަކަށް ހެދުމަށް ސަރުކާރުގެ ސްޓްރެެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެން އެކަން އޮތްއިރު، އީޕީއޭ މިނިވަންކުރުމުގެ ވިސްނުން ނެތް ކަމަށް މިނިސްޓަރު ޝައުނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ޝައުނާގެ އެ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އީޕީއޭ މިނިވަންކުރެވެން ޖެހޭނެ ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝައުނާގެ މައްސަލަ ކޮމިޓީން ބެލުމަށް އެދި ވައްޑެ ހުށަހެޅުއްވި ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.
ވައްޑެ ހުށަހެޅުއްވި ގޮތަށް އެ މައްސަލަ ކޮމިޓީން ބަލަން ފާސްކުރީ ކޮމިޓީގެ ބައްދަލުވުުމުގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު