އެއް އާއިލާއަކަށް ނިސްބަތްވާ އަށް މީހަކު ޕޮޒިޓިވްވެ، ބ. ހިތާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހިތާދޫ ކައުންސިލް ރައީސް އަބްދުލް އަޒީޒް މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ މާލެއިން އެރަށަށް ދިޔަ މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން، އޭނާ ފުލޫ ކުލިނިކަށް ދެއްކުމުން ހެދި ކޮވިޑު ޓެސްޓު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭނާ ޕޮޒިޓިވްވި ނަތީޖާ އިއްޔެ ލިބުމާ ގުޅިގެން ހެދި ކޮންޓެކްޓު ޓްރޭސިންއިން އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ހަތް މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އޭނާގެ އާއިލާގެ ހަތް މީހުން ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް އަބްދުލް އަޒީޒް ވިދާޅުވިއެވެ.
ހިތާދޫއަކީ ވެކްސިންގެ 90 އިންސައްތަ ފުރިހަމަކޮށްފައިވާ ރަށެކެވެ. އެހެން ކމުން ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުން، ޕީސީއާރް ޓެސްޓަކާ ނުލައި އެ ރަށަށް ދަތުރު ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު