މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފަށައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތް މި ހަފުތާ ތެރޭގައި ނިންމައި ލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ދެން ފަށާނީ ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މީމު އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.