ސްޓެލްކޯގެ ސްޓެވޯ ބްރޭންޑުގެ ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފިއެވެ.
މިއީ މި މަހުގެ ހަތަރު ވަނަ ދުވަހު އިފުތިތާހުކުރި ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލް ކޮށްފައިވާ، މި ބްރޭންޑުގެ ފުރަތަމަ ޖަނަރޭޓަރު ސެޓެވެ.
މި ޖަނަރޭޓަރު ސެޓަކީ 300 ކިލޯވޯލްޓް-އެމްޕަޔަރުގެ (STW300) މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ. ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STWގެ ތިން މޮޑަލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައެވެ. އެއީ STW600 ،STW300، އަދި STW800 އެވެ.
މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަށްވެސް ލޯކަލް ވޮރަންޓީއާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ވޯކްޝޮޕް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ، ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯ ކަމަށް ވިދާޅުވެފައެވެ.
އެކުންފުނިން އެސެމްބަލްކުރާ ޖަނަރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް ވިދާޅުވިއެވެ. އަދޮ ސްޓެލްކޯގެ ވޯކްޝޮޕުން ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދީ، ބަދަލުކުރަންޖެހޭ ސްޕެއާއެއް ހުރިނަމަ ސްޓެލްކޯގެ އިންޖިނިއަރުން ގޮސް ބަދަލު ކޮށްދޭނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު