ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ލައިޓިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ބެއިޖިން ޒެޑްއާރުޖީޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާއެވެ.
ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވީ އެ މަސައްކަތް 2022 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމައި، ކުޅުދުއްފުށި އެއާޕޯޓަށް ޖަނަވަރީ މަހުގެ ތެރޭގައި ރޭގަނޑުގެ ދަތުރުތައް ފެށޭނެ ކަމަށެވެ.
އަދި އެހެން އެއާޕޯޓުތަކާ ހިލާފަށް ކުޅުދުއްފުށީ އެއާޕޯޓުގައި ގާއިމުކުރާ ލައިޓިން ސިސްޓަމަކީ ލެޑް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތައް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިތުރުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކުންފުނިން ހިންގަމުން އަންނަ ހުރިހާ އެއާޕޯޓެއްގައިވެސް ލައިޓުހަރުކޮށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ލައިޓިން ސިސްޓަމްތަކަކީ އިއާދަކުރުނިވި ހަކަތަ ބޭނުންކުރާ ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު