ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑްގެ "ސީ ޕްލޭން ކޮމްޕެނީ ގްލޯބަލް ވިނާ އެވޯޑް 2021" ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެއެވެ.
ޓީއެމްއޭ އިން އިއްޔެ ބުނީ، މި އަހަރުގެ ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑްގެ، ސީ ޕްލޭން ކޮމްޕެނީ ގްލޯބަލް ވިނާ އެވޯޑް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. މޮރިޝަސްގެ ޓޯބިޝް ބީޗް ކޮމްބާ ރިސޯޓުގައި ބޭއްވި އެވޯޑް ހަފުލާގައި މި އެވޯޑް ޓީއެމްއޭ އަށް ލިބުނީ އެންމެ ލަގްޒަރީ ސީ ޕްލޭން ހިދުމަތްދޭ ކުންފުންޏަކަށް ހޮވިގެންނެވެ. މި އެވޯޑަކީ ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ވޯޓުން ދޭ އެވޯޑެކެވެ.
މި އެވޯޑާ ހަމައަށް ވާސިލު ވުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތްތަކާއި ވޯޓު ދީފައިވާ އެންމެހައި ފަރާތްތަކަށް ޓީއެމްއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އޭގެ އިތުރުން، ޓީއެމްއޭގެ ސީޕްލޭން ގެ ހިދުމަތް ހޯދާ ފަރާތްތައް މި އެވޯޑް ހާސިލުކުރުމުގައި ނުހަނު ބޮޑު ރޯލެއް ކުޅެފައިވާ ކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް ސީޕްލޭންގެ ހިދުމަތްތައް ކުރިއަށްވުރެ ފެންވަރު ރަނގަޅަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓީއެމްއޭ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަމުން އަންނަ ކުންފުންޏެވެ. އެގޮތުން ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މިވަގުތު 56 ބޯޓު ހިމެނެއެވެ. އަދި މިވަގުތު ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭއިން ދަތުރުކުރެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި