ރާއްޖެއިން އަބަދުވެސް ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިއެސަލަ ރުވަން ވީރަކޫން ރައީސް ސީލިހުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެސަލަ ރުވަން ވީރަކޫން، އިންތިހާބުވުމާ ގުޅިގެން އެކަމަށްޓަކައި އޭނާއަށް މަރުހަބާ ދަންނަވައިފައެވެ. އަދި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޮވިޑްގެ ހާލަތުގައި ސަރަހައްދީ ގައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތާއި މެމްބަރު ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ސާކްއާ ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ސާކްއާ ގުޅިގެން ޓެރެރިޒަމް އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ރާއްޖެއިން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
މީގެ އިތުރުން ސާކްގެ މެންބަރު ގައުމުތަކުން ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިއެސަލަ ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ތައުރީފު ކުރައްވައި ރާއްޖެއަކީ އެހެން ގައުމުތަކަށް ހުރި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު