ނަފްސާނީ ހިދުމަތްދޭ ފަރާތްތަކުން ސުލޫކީ މިންގަނޑުތަކުގައި ހިފެހެއްޓުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވެފައިވަނީ، މިއަދު ހަވީރު ވިލާ ކޮލެޖްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި، ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ހަފުލާގައެވެ. މި ހަފުލާގައި އެކަމަނާ ވަނީ، އެ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން ވެސް އިފުތިތާހުކޮށްދެއްވައިފައެވެ.
މި ހަފުލާގައި މެޑަމް ވިދާޅުވީ ނަފުސާނީ ހިދުމަތް ދޭ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި އެ ހިދުމަތުގެ ފެންވަރު ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދޭ ކަމަށެވެ.
ފަޒްނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުންދާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އިހުސާންތެރިވުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށާއި އޭގެ ސަބަބުން މުޅި މުޖުތަމައަށް ފައިދާ ވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭންގައިވާ ގޮތުގެ މަތިން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މީހުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމް ކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދޮ
ވަނީ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމުކުރެއްވުމަށްވެސް ގޮވާލައްވާފައެވެ. އަދި ކޯޑް އޮފް އެތިކްސް އަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.
ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަގުސަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި މުޖުތަމައުގެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު