ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން އިއުލާނު ކޮށްފިއެވެ.
މުލިއާގެއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ އެ ގޭގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔަން ބޭނުންވާ ކަމަށެވެ. އެގޮތުން ނީލަން ކިޔަނީ ދުވަސްވެ ބާވެ، ހަލާކުވެފައިވާ ބައެއް ތަކެތި ކަމަށެވެ. އޭގެ ތެރޭގައި އޭސީ އާއި ދޮންނަ މެޝިން ފަދަ އެއްޗެހީގެ ބައިތައް ހިމެނެއެވެ.
ނީލަން ކިޔުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ގަލޮޅު އިރާއީ ބުކްޝޮޕް ކަންމަތީގައި ހުންނަ ލ. ރަންޖެހިކޮށީގައެވެ. ބީލަމުގައި ބައިވެރިވާން އަންނައިރި އައިޑީކާޑު ނުވަތަ އައިޑީކާޑްގފެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް މުލިއާގެއިން ނެރުނު އިއުލާނުގައިވެއެވެ.
މީގެ ކުރިންވެސް މުލިއާގެއިން ބައެއް ތަކެތި ވަނީ ނީލަން ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު